Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި ޓްރެފިކްކުރުން

ޑްރަގް ޓްރެފިކިންގ ގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ޑްރަގް ޓްރެފިކިންގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ކުރަމުންގެންދާ ތަހުގީގަށް ހާޒިރު ކުރުމަށް ހޯދަނީ، ޙަސަން ނަޢީމް، މއ. ކޯރަސް / މާލެ (54އ) އެވެ. އޭނާ ހާޒިރުކުރަނީ މައްސަލައިގައި ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ހަސަން ނައީމު، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 09 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ