Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި މައްސަލައެއްގައި މީހަކު 15 ދުވަހަށް ބަންދުކޮށްފި

ފިހާރައިގެ ސެކިއުރިޓީ އަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި މައްސަލައެއްގައި މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ގދ. ގައްދޫ އަޅިފަށުއިގެ މުހައްމަދު ޔަޒީން އެވެ.

ބަންދު އަމުރުން އެނގޭގޮތުގައި ފުލުހުން ޔަޒީން ހައްޔަރުކޮށްފައިވަނީ ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތަށެވެ. އަދި އޭނާ ވަކީލަކު އައްޔަނު ކުރުމަށް ބޭނުންވާކަމަށް ބުނެފައިވާ ކަމަށާއި ވުމާއެކު ޔަޒީދުގެ ފަރާތުން ވަކީލަކު އައްޔަނުކޮށްފި ނަމަ ބަންދު ކުރެވޭ ތާރީހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ބުނެފައިވެއެވެ.

އޭނާ ވައްކަން ކުރަން އުޅޭތަން ސީސީޓީވީ އަށް ފެނިގެން ހުއްޓި ވަގަށް ނެގި އެތި އެއްލާލާފައިވާ ކަމަށާއި ޔަޒީދު އޭނާ އަތުގައި އޮތް ކަޓަރަކުން ފިހާރައިގެ ސެކިއުރިޓީއަށް ބިރުދައްކައި އެތަނުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުން އޭނާ ހުއްޓުވި އިރު އޭނާގެ އަތުން ކަޓަރެއް ފެނިފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ވައްކަމުގެ މައްސަލަތައް ގިނަވެފައިވާއިރު ނިމުނު މަހުގައި ވައްކަމުގެ 273 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ނިމުނު ޑިސެންބަރު މަހުގައި ވެސް ވައްކަމުގެ 324 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ލިއުމާއި ގުޅޭ