Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެއްޖެ

ޖެޓް ފިއުލް ވިއްކައިގެން މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 222 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ވަނީ ރި-އެކްސްޕޯޓްކޮށްފަ އެވެ. މިއީ 2023 ވަނަ އަހަރު ރި-އެކްސްޕޯޓްކުރި 196 މިލިއަން ޑޮލަރުގެ ޖެޓް-ފިއުލްއާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވުމެކެވެ.

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމެންޓްގެ އަދަދުވެސް ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ހަ ޕަސެންޓް އިތުރުވެފައިވެއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ އަހަރު ހުރީ 16،830 ގަ އެވެ.

މީގެ ތެރެއިން 15،432 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 1،398 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތައް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

މި ލިއުމާއި ގުޅޭ