Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ފެހުރިހި ބަލަން ދާ ދޯނިފަހަރުގެ ބުރަފަތީގައި ގާޑް އަޅުވަން މަޖުބޫރުކޮށްފި

ފެހުރިހި ބަލަން ދާ ދޯނިފަހަރުގެ ބުރަފަތީގައި ގާޑް އަޅުވަން މަޖުބޫރުކޮށްފިއެވެ.

އެންވަޔަރަންމަންޓަލް މިނިސްޓްރީން އިއްޔެ އާންމުކުރި ޕްލޭންގައި ވަނީ، ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕްރޮޕެލާ ގާޑު އަޅުވަން ލާޒިމްކޮށްފައެވެ. އަދި އެ ޕްލޭނަށް އަމަލުކުރަން ފަށާތާ 12 މަސް ތެރޭގައި އެހެނިހެން އުޅަނދުތަކުން ވެސް ގާޑު ހަރުކުރުން ވަނީ މަޖުބޫރު ކޮށްފައެވެ.

ސަމްޕާ ސަރަހައްދުގައި ސްނޯކަލް އަދި ޑައިވިން އަށް މީހުން ގެންދާ އުޅަނދުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ރަޖިސްޓަރީ ކުރުމަށް ޕްލޭންގައިވާއިރު "ވަންގަވް" މެދުވެރިކޮށް އެ އުޅަނދުތައް އީޕީއޭގައި ރަޖިސްޓަރީ ވާން ދީފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ.

އެ ސަރަހައްދުގެ މޫދަށް އެންމެ ގިނަވެގެން އެއްފަހަރާ ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. އަދި ސަމްޕާ ސަރަހައްދަށް ފައިބައިގެން އުޅެވޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުން ކަމަށް ޕްލޭންގައި ވަނީ ހިމަނާފައެވެ.

ސަމްޕާއަކީ އދ.ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. ސްނޯކްލިންގއަށްދާ ފަތުރުވެރިންނަށް ފެހުރިހި ބަލަން ދާ ދޯނިފަހަރުގެ ބުރަފަތީގައި ޖެހި އެކި ކަހަލަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އަދި ފަތުރުވެރިއަކު މިފަދަ ހާދިސާއެއްގައި މިފަހުން މަރުވިއެވެ.

މިފަދަ ޕްލޭނެއް އާންމުކޮށްފައިވާއިރު ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި ޤާނޫނީ އުސޫލެއް މިދިޔަ އަހަރުގެ ތެރޭގައި އެކުލަވާލާފައިވެއެވެ.

މި ލިއުމާއި ގުޅޭ