ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނުތަކަކާއެކު ހދ. ކުޅުދުއްފުށީ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
33 އަހަރުގެ އާދަމް މުޙައްމަދުގެ އަތުން ގިނަ އަދަދެއްގެ ފޯނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މީހާގެ އަތުން ފެނުނު ތަކެއްޗަކީ މާލޭ ސިޓީ ޝަހީދު ޢަލީ ހިނގުމުގައި ހުންނަ "އޭއެސް ޓްރޭޑާރސް" ނަމަކަށް ކިޔާ ފިހާރައެއް ފަޅާލައިގެން ވަގަށް ނަގާފައިވާ މުދާކަން ވަނީ ކަށަވަރުވެފައެވެ. މި މުދަލުގެ ތެރޭގައި ފޯނުތަކާއި، ހެޑްފޯނަކާއި، އެހެން މީހެއްގެ ބީއެމްއެލް ކާޑަކާއި، ފައިސާގެ އިތުރުން ގިނަ އަދަދެއްގެ ސުޕަގްލޫ ފުޅި ހިމެނެއެވެ. އަދި މީނާގެ ޖީބުން އިތުރު ދެ ފޯނާއި އެހެން މީހެއްގެ ވޮލެޓެއްވެސް ފެނިފައިވެއެވެ.