Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިހަވަންދޫ

އިހަވަންދޫ ހޮސްޕިޓަލާއި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫގެ ހޮސްޕިޓަލް އިމާރަތް ކުރުމާއި ހުރަވީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

އިހަވަންދޫގައި ބޭއްވި ޖަލްސާގައި އެ ރަށުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސިއްހީ ވުޒަރާގެ ފަރާތުން ވަޒީރު މުހައްމަދު ނާޒިމް އިބްރާހިމް ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރެވެ.

ހުރަވީ ފުޓްބޯޅަދަނޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު އަބްދުﷲ ރާފިއު ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖެނެރަލް އަލީ ޒުހައިރެވެ.

އާރްޑީސީން ބުނީ ހޮސްޕިޓަލް އިމާރާތްކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ހޮސްޕިޓަލަކީ 2 ފަންގިފިލާގެ އިމާރާތެއް ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ކުރީގެ ސަރުކާރުގައި އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ޑުޕްލެކްސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލު ކުރިއެވެ. 18 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް ހޮސްޕިޓަލް އަޅަން ހަވާލު ކުރި ނަމަވެސް މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ
މި ލިއުމާއި ގުޅޭ