Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ހަނގުރާމައިގެ ނަޞްރު ބިނާވަނީ އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށް: ޚުތުބާ

ހަނގުރާމައިގެ އަސްލު ނަޞްރު ބިނާވަނީ އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގެ މިއަދުގެ މައުޟޫއުއަކީ "ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑުކަމަށާއި އެތައް ދުވަހެއް ވަންދެން ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކަކަމަށެވެ.
އެކަމަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ހަމްދުކޮށް އަހަރެމެންގެ އަޚުންނާއި އުޚްތުންނަށް މަރުހަބާ ކިޔާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ އެ އަޚުންނާއި އުޚްތުންނާ ދެކޮޅަށް ހިންގަމުންދިޔަ އަނިޔާވެރި ހަނގުރާމައަކީ އިންސާނީ ތާރީޚް ދެކެފައިނުވާފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއްކަމަށެވެ.

"މި ހަނގުރާމަ ހުއްޓައިލުމަށް ސަހްޔޫނީ ނިޒާމަށް މަޖްބޫރުވީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. މިއީ ހަމަކަށަވަރުން ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެކެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި އުދުވާނާ ގުޅިގެން ރާއްޖެއިން ވެސް އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންވަނީ ޣައްޒާގެ އަޚުންނާއި އުޚުތުންނާ ބައިވެރިވުމުގެ ގޮތުން މުދަލުން ހޭދަކޮށް، ބައިނަލްއަޤްވާމީ މުޖުތަމައުގައި ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި އަޑުއުފުލާފައިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަމާއި އުޚުއްވަތްތެރިކަމާއި ނުގުޑާ ފަދަ އަޒުމެއްގައި ބަދަހިކަމާއިއެކު ތިބެ ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މި ހަނގުރާމާގައި ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ވަނީ ޝަހީދުވެފައިވާކަމަށާއި އޭގެ ތެރޭގައި ކުޑަކުދީންނާއި މުސްކުޅީންނާއި އިލްމުވެރީންނާއި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުންދިޔަ އެތައް ލީޑަރުންނެއް ހިމެނޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އަދި މުޅި ޣައްޒާ ބިމާހަމަވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ހަނގުރާމަތަކުގައި ނަޞްރު ލިބޭނީ ލަޝްކަރުގެ އަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫންކަމަށެވެ. ނަމަވެސް ނަޞްރު ލިބޭނީ އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށްކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ހަނގުރާމަ މެދުކެނޑުމާއެކު ފެނިގެން ދިޔައީ އަސީރުން ބަދަލުކުރެވުނު ތަންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މުސްލިމުންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންގެ ކިބައިން ފެނުނު މަންޒަރަކީ އުފާވެރިކަމުގެ މަންޒަރުކަމަށެވެ.
އަދި އަސީރުންނާމެދު ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގެ އަޚްލާގުކަމަށާއި އެއީ މުއުމިނުންގެ ސިފަކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ: "އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް މިސްކީނުންނާއި ޔަތީމުންނާއި ހައްޔަރުވެފައުވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ."

ޚުތުބާގައި އިތުރަށް ބުނެފައިވަނީ އެތައް ދުވަހެއް ވަންދެން ދެމިގެން ދިޔަ މި ހަނގުރާމާއިގައި މުޅި ޣައްޒާ ފަނާވެގެން ދިޔަ ނަމަވެސް މި ހަނގުރާމައިން އެތައް އިބުރަތެއް ލިބިދޭކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އިބުރަތަކީ ﷲއަށް ނަސްރުދޭ ބަޔަކަށް ﷲ ނަސްރުދެއްވާނެކަންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ