Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާގެ ބަންދަށް 20 ދުވަސް

ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އެ ވަގަށް ނަގަން އުޅުނު މީހާގެ ބަންދަށް 20 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި 20 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވަނީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޒާލިފް (37އ) އެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ. އަނިޔާ ލިބުނު ސްޓެލްކޯގެ މުވައްޒަފުގެ ފޮޓޯ އާއި ޓްރާންސްފޯމަރަށް ގެއްލުން ދީފައިވާ ފޮޓޯ ގެ އިތުރުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ޒާލިފް އަކީ ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ބަންދު އަމުރުން އެނގެއެވެ.

ޒާލިފް ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރަން އުޅުނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އޭނާ ޓްރާންސްފޯމަރު ވަގަށް ނަގަން އުޅުމުގެ ތެރޭގައި އެ ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާތީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމާއި މާރާމާރީގެ ތުހުމަތެވެ.

މި ލިއުމާއި ގުޅޭ