ތިން އަހަރުގެ ކުޑަ ކުއްޖަކަށް އެ ގޭގައި ގެންގުޅޭ ނޭޕާލް މަސައްކަތު މީހަކު އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގައި ތިން އަހަރުގެ ކުޑަކުއްޖަކަށް. އެ ގޭގައި ގެންގުޅޭ ނޭޕާލް އަންހެނަކު އަނިޔާ ކުރި މައްސަލައެއްގެ ރިޕޯޓު އިއްޔެ ލިބިފައިވާ ކަމަށެޗެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ސޯޝަލް މީޑިއާގައި ދައުރުވަނުންދާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަދިވެސް ދިރިއުޅެމުންދަނީ އެ ކުޑަކުއްޖާއާއެކު އެއް ގެއެއްގައި ކަމަށެވެ.
މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖާއެކު ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް އެ މީހާ ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެވެ.
ފުކުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.