Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފިއެވެ.

އެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރާ 4 މެންބަރުންގެ ތެރެއިން 2 މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލީ ކުރިން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ޕްރައިވެޓް ސެކްޓާ ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީ އިން 2 މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަގާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަގާމަކަށް 3 ނަން ޝޯޓްލިސްޓް ކުރާނެ ކަމަށާއި ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ އިން އެފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީން ކުރެވޭނެކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް:

- ވިޔަފާރި، އިގްތިސޯދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލު ކުރައްވާފައިވުން.

- ޕެންޝަން ނުވަތަ އިންވެންސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން.

- ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައު ނުވުން.

- ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
މި 2 މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕެންޝަން އޮފީސް އަށް ނުވަތަ [email protected] އަށް ލިޔެކިޔުންތަކާއެކު ހުށަހެޅުމަށް އެ އޮފީހުން އެދިފައިވެއެވެ.
މި 2 މަގާމަށް ކުރިމަތި ލުމުގެ ސުންގަޑި އަކީ 26 ޖެނުއަރީ 14:00 އެވެ.
މި ލިއުމާއި ގުޅޭ