Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

އެއްލައްކަ ރުފިޔާ ވަގަށް ނެގުމުން ތިން އަހަރަށް ޖަލަށް

"ތައި ޝޮޕް“ގެ އޮފީހުން ވައްކަން ކުރި މީހަކަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި އެ ކޯޓުން ޖަލު ހުކުމް އިއްވާފައިވަނީ ތ.ކިނބިދޫ / ފިތުރޯނުގެ، މުހައްމަދު އިލްހާމްގެ މައްޗަށެވެ. އޭނޭ އެ އޮފީހުން ވައްވަން ކުރީ 26 އޮގަސްޓް 2022 ވަނަ ދުވަހު އެވެ.

އިލްހާމް އެ އޮފީހުގެ ވައިގޮޅީގެ ކުޑަދޮރަށާއި ތިޖޫރީއަކަށް ގެއްލުން ދިނުމުގެ އިތުރުން އެ އޮފީހުގެ ތިޖޫރިއާއި ތިޖޫރީގައި ހުރި 100،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއާއި، ޗެކް ފޮތަކާއި، ތައިލެންޑްގެ 6 ޕާސްޕޯޓާއި، ބަންގްލަދޭޝް ޕާސްޕޯޓަކާއި، އެހެނިހެން ޑޮކިއުމަންޓު އަދި އެ އޮފީހުގެ މޭޒު މަތީގައި ހުރި ވަކިލާރި ދަޅެއް ވަގަށް ނަގާފައިވެއެވެ.

އިލްހާމް ގެ މައްޗަށް ޕީޖީ އޮފީހުން މި މައްސަލައިގައި، މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އަދި ވައްކަން ކުރުމުގެ ދައުވާ ކޮށްފައިވެއެވެ.

ދައުވާތަކަށް އިލްހާމް އިންކާރު ކޮށްފައިވާއިރު ދައުލަތުން ވަނީ މި މައްސަލައިގައި ހެކި ހާމަކޮށްފައެވެ. މި މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖާއި، ޗެއިން އޮފް ކަސްޓަޑީ ފޯމާއި، ސާމްޕަލް ދިނުމަށް ރުހުން ދިން ކަމުގެ ލިޔުމުގެ އިތުރުން ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓް ހިމެނެއެވެ.

މި މައްސަލައިގައި އިލްހާމް އަށް ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް އޭނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ ގެ މައްޗަށް ކޮށްފައިވާ ތިން ދައުވާވެސް ސާބިތުވާ ކަމަށެވެ. އެގޮތުން:

- ވައްކަމުގެ ދައުވާ ސާބިތުވާތީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް

- އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވާތީ 3 މަހަށް ޖަލަށްލުމަށް

- މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތުވާތީ 9 ދުވަހަށް ޖަލަށްލުމަށް

މި ލިއުމާއި ގުޅޭ