Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ ދަރަނީގެ ބޮޑު ބައެއް ރޯދައިގެ ކުރިން ދައްކާ ޚަލާސްކުރެވޭނެ: ނަޖާހް

ފެނަކަ ކުންފުނިން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް އަންނަ ރަމަޟާން މަހުގެ ކުރިން ދައްކާ ޚަލާސްކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން، އެންމެ ބޮޑު އެއް ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކަކަމަށްވާއިރު އެ ކުންފުނީގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ.

ކުންފުނީގެ އާ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހާއި ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ބުނެފައިވަނީ އެ ކުންފުނީގެ މަސައްކަތްތައް އާ އަހަރަށް ބައްޓަންކޮށްފައިވަނީ، ދަރަނި ދެއްކުމަށާއި ހިންގުން ހަރުދަނާ ކުރުމަށާއި އަދި ޚިދުމަތްތައް ފުޅާކުރުމަށް އިސްކަންދީގެން ކަމަށެވެ.
އެގޮތުން ދަރަނި އަވަހަށް ދެއްކުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ނަޖާހް ވަނީ ވިދާޅުވެފައެވެ. އެނާ ވިދާޅުވިގޮތުގައި މިހާރު މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިއަށް ދަރަނި ދައްކައި ޚަލާސްކުރުމަށެވެ.

"ހަޤީޤަތުގައި ކުންފުންޏަށް ލިބޭފައިސާއިން އަޅުގަނޑުމެންނަށް މިތަން ހިންގޭނެ. އެހެންނަމަވެސް، ދަރަނީގެ ބޮޑު ބެކްލޮގެއް މިއަންނަނީ. އެކަމުގައި އަޅުގަނޑުމެން މިހާރު މިގެންދަނީ މަޝްވަރާ ކުރަމުން. މިނިސްޓްރީއާއެކު މަޝްވަރާކުރަމުން ދަނީ. ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައި އޮތީ ރޯދައިގެ ކުރިން އަޅުގަނޑުމެންނަށް ފަންޑްސް ހަމަޖައްސައި ދެއްވާނެ ކަމަށް. އިރާދަ ކުރެއްވީއްޔާ ރޯދައިގެ ކުރިއަށް ދަރަނީގެ ކަންކަން ހައްލުވާނެ. އޭރު ރަށްރަށަށް ޚިދުމަތް ދިނުމަށް ފޯކަސް ކުރެވޭނެ" ނަޖާހު ވިދާޅުވިއެވެ.

ނަޖާހް ވިދާޅުވިގޮތުގައި ކުންފުންޏާއި ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ.
އެގޮތުން މިވޭތުވެ ދިޔަ ޑިސެންބަރު މަހު 20 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވިފައިވާކަމަށާއި އަދިވެސް ވެންޑަރުންނަށް 640 މިލިއަން ރުފިޔާގެ ދަރަނި އަދާނުކުރެވި ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
"އެފައިސާ މިހާރު ސަރުކާރުން އެއޮތީ ހަމަޖައްސަވާފައި. މިހާރު އަޅުގަނޑުމެން އެ ފައިސާ ސެކިއަރކޮށް ޑިސެމިނޭޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. އަޅުގަނޑުމެން މިބަލަނީ ރޯދައާއި ހަމައަށް މުޅި ޖުމްލަ އެއްކޮށް ދައްކާ ޚަލާސް ނުކުރެވުނަސް، މީގެ މެޖޯރިޓީ %90 ކްލިއަރ ވާނެ ކަމަށް. ބާކީ ހުރިއެއްޗެއް ވެއްޖެއިއްޔާ ކުންފުނީގެ ތެރެއިން ޚަލާސްކޮށް ނިންމާލާނަން. އިރާދަކުރެއްވިއްޔާ ރޯދައިގެ ކުރިއަށް ވާނެ" އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ