Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ބީޗުގައި މާރާމާރީ ހިންގި ބިދޭސީންތައް ޑީޕޯޓްކުރުމުގެ މަސައްކަތް ފަށައިފި

އާޓިފިޝަލް ބީޗުގައި މާރާމާރި ހިންގި ބިދޭސީންތައް ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި 3 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ ރޭ 20:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގެ މަންޒަރު ރިކޯޑުކުރި ދިވެއްސަކާ މެދު ވެސް އެ މީހުން މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އިންޑިއާ ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވަހީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.

އެ މީހުންގެ މެދުގައި މާރާ މާރީ ހިނގި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު, ފެންނަ ފެނުމަށް މި މާރާމާރީ ހިނގާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށް ބެލެވެއެވެ.

އެ މީހުން ދުރު ކުރުމަށް ވެސް ބައެއް ބިދޭސީން މަސައްކަތްކޮށްފައިވާއިރު, ފަހުން ފުލުހުންވެސް ހަރަކާތްތެރިވެފައިވެއެވެ.
މި ލިއުމާއި ގުޅޭ