Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ވައްކަމުގެ މައްސަލަ

މި ހިނގާ 2025 ވަނަ އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ވައްކަމުގެ 73 މައްސަލައެއް ހުށަހަޅާފައިވާއިރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތަކެވެ. ޓްރެފިކް އެކްސިޑެންޓުގެ 53 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ތަކެއްޗަށް ގެއްލުންދިނުމުގެ 26 މައްސަލައެއް ހުށަހަޅާފައިވާއިރު ފޭރުމުގެ 9 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މާރާމާރީގެ 7 މައްސަލައަކާއި ގެވެށި އަނިޔާގެ 3 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ދައްކައެވެ.

މީގެ އިތުރުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ މައްސަލަތައް:

- ޖިންސީ ކުށް: 3 މައްސަލަ
- މަސްތުވާތަކެތި: 27 މައްސަލަ
- ހިޔާނާތްތެރިވުން: 12 މައްސަލަ
އަހަރުގެ މިހާތަނަށް ވައްކަމުގެ 73 މައްސަލައެއް ހުށަހަޅާފައިވާއިރު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.
މި ލިއުމާއި ގުޅޭ