Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އީރާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ގަޔަށް ބަޑިޖަހާ މަރާލައިފި

އީރާނުގެ ވެރިރަށް ތެހެރާނުގެ ސުޕްރީމް ކޯޓުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ދެ ފަނޑިޔާރުންގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އަލީ ރަޒީނީ އާއި މުހައްމަދު މޮގިޝެ އެވެ.

އީރާނުގެ ޝަރުއީ ދާއިރާގެ މީޑިއާ ކަމުގައިވާ މީޒަން އޮންލައިންއިން ބުނެފައިވާ ގޮތުގައި، ހާދިސާ ހިނގުމަށްފަހު އެ ހަމަލާ ދިން ފަރާތް އަމިއްލައަށް މަރުވެފައިވެއެވެ. މި ހާދިސާގައި އިތުރު އެއް ފަރާތަކަށް އަނިޔާވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައްބުނެއެވެ.

މަރުވި ދެ ފަނޑިޔާރުންނަކީ ގައުމީ ސަލާމަތާއި، ޖާސޫސީ އަދި ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގައި މަސައްކަތްކުރި ފަނޑިޔާރުންކަމަށް މީޒަންއިން ހާމަކޮށްފައިވެއެވެ. ޝަރުއީ ދާއިރާގެ ތަރުޖަމާނު އަސްގަރު ޖަހާންގީރު ވިދާޅުވި ގޮތުގައި، މި ދެ ފަނޑިޔާރުން ތިއްބެވި ކޮޓަރިއަށް ވަދެ ބަޑިން ހަމަލާ ދީފައިވަނީ އެންމެ މީހެކެވެ.

މި ހާދިސާގެ އަސްލު ސަބަބު އަދި ސާފުވެފައި ނުވިނަމަވެސް، ހަމަލާ ދިން ފަރާތަކީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައަކާ ގުޅުން ހުރި ފަރާތެއް ނޫންކަމަށް މީޒަންއިން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށައިފައިވާކަމަށް އިއުލާނުކޮށްފައިވެއެވެ.

މަރުވި ފަނޑިޔާރުންގެ ތެރެއިން މޮގިޝެއަކީ 2019 ވަނަ އަހަރު އެމެރިކާއިން އޭނާގެ މައްޗަށް ދަޢުވާކޮށް، ސެންކްޝަން ކުރި ފަނޑިޔާރެކެވެ. އަދި ރަޒީނީއަކީ 1998 ވަނަ އަހަރު އޭނާގެ ކާރުގައި މެގްނެޓިކް ބޮމެއް ހަރުކޮށްގެން މަރާލަން މަސައްކަތްކުރި ހާދިސާއެއްގެ އަމާޒަކަށްވެސް ވެފައިވާ ފަނޑިޔާރެކެވެ.

މި ލިއުމާއި ގުޅޭ