Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

ޕާޓީތަކަށް މެންބަރުން ވެއްދުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އިލެކްޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕާޓީތަކަށް މީހުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އެ ކޮމިޝަނުން ކުރަމުންދާކަމަށެވެ.
އެހެންވެ ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަން މިހާރު ބޭނުން ކުރަމުންދާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އީސީން ބުނީ މި މަސައްކަތް މެދުކަނޑާލި ނަމަވެސް، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުން ވަކިވުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ހަމައެކަނި އީ ފާސް މެދުވެރިކޮށް ހުށަހަޅައިގެން ޕާޓީތަކަށް ވަންނަ ގޮތް ބަދަލު ކުރުމަށެވެ.

އީސީން މި ނިންމުން ނިންމާފައިވާއިރު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރަކަށްވުމަށް އެދެވޭގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންކަމަށާއި މިހާރު ހުށައަޅާ ކަރުދާސް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ