Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އެސްޓޯނިއާގެ ޓާރްޓޫ ޔުނިވަރސިޓީއަށް ރައީސް ޒިޔާރަތްކުރައްވައިފި

އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ޓާރްޓޫ ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރެވެ. މި ޒިޔާރަތުގައި، ޕްރޮފެސަރ އައްސެރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކެމްޕަހުގެ މުހިއްމު ސަރަޙައްދުތައް ދައްކަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޓާރްޓޫ ޔުނިވަރސިޓީއަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީގައި 14،300 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އޭގެ ތެރޭގައި 100 އަށްވުރެ ގިނަ ޤައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަޤްވާމީ ދަރިވަރުން ހިމެނެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލުކުރައްވާފައެވެ. މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުސަތުތަކުގެ ވާހަކަ ހިމެނެއެވެ.
އަދި ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިއުމާއި ގުޅޭ