Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ވީއައިއޭގައި ސައިކަލަކާއި ކާރެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ސައިކަލަކާއި ކާރެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:20 ހާއިރު ވީއައިއޭ ޕޭ ޕާކިން ސަރަހައްދުގައެވެ. މި ހާދިސާ ހިނގީ ޕޭ ޕާކިން ސަރަހައްދުން ނުކުތް ސައިކަލެއް، އެއަރޕޯޓުން ނުކުންނަން ދިޔަ ކާރަކާ ޖެހިގެންނެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ފަރާތަށް އަނިޔާވެފައިވާތީ، އިތުރު ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އނަިޔާގެ ތަފްސީލު އެ އިދާރާއިން ހާމަކޮށްފައި ނުވެއެވެ.
ފުލުހުންގެ ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
މި ލިއުމާއި ގުޅޭ