Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙަމާސް

ހަމަލާތައް ހުއްޓާލުމަށާއި ބައެއް ރަހީނުން ދޫކޮށްލަން ހަމާސް އިން އެއްބަސްވެއްޖެ - ރިޕޯޓް

އިޒްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި އަދި ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރާއީލްގެ ބައެއް ރަހީނުން ދޫކޮށްލަން ހަމާސް ޖަމާއަތުން އެއްބަސްވެއްޖެ ކަމަށް ބައެއް އޮފިޝަލުންނާއި ހަވާލާދީ އޭއެފްޕީ އިން މިއަދު ބުނެފިއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި ގިނަ އަދަދެއްގެ ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ޑްރާފްޓް ހަމާސްއިން ގަބޫލުކޮށްފައިވާ ކަމަށް މަޝްވަރާތަކުގައި ބައިވެރިވި ދެ އޮފިޝަލުން ވަނީ އޭއެފްޕީއަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މިއެއްބަސްވުމާއި ގުޅޭ ގޮތުން ހަމާސް އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާ އާއި ގަތަރުގެ މެދުވެރިން ބުނީ އިޒްރާއީލާއި ހަމާސް އާއި ދެމެދު ކުރިއަށްދާ 15 މަސް ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މީގެ ކުރިން ނުދެވޭހާ ކައިރިއަށް މިހާރު ދެވިފައިވާ ކަމަށާއި އަންނަ ހަފްތާގައި އެމެރިކާގެ ވެރިކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވުމުގެ ކުރިން ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި ޓްރަމްޕްގެ އެޑްވައިޒަރު ސްޓީވް ވިޓްކޯފް ވެސް އަންނަނީ ބައިވެރިވަމުންނެެ. ސްޓީވް ވިޓްކޯފް އަކީ ޓްރަމްޕް ވެރިކަމާއި ހަވާލުވުމަށްފަހު މެދުއިރުމައްޗަށް ކަނޑައަޅާނެ މަންދޫބެވެ.

ގަތަރު، އެމެރިކާ އަދި މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް މީގެ ކުރިން ވެސް އެތައް ފަހަރަކު ކުރިއަށް ގެންދިޔައެވެ. ނަމަވެސް އިޒްރާއީލްގެ ހަރުކަށި ޝަރުތުތަކުގެ ސަބަބުން ހަމަލާތައް ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމަކާއި ހަމައަށް އާދެވޭ ގޮތެއް ނުވިއެވެ.

ހަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޯބަރ 07 ވަނަ ދުވަހު ކުއްލިއަކަށް އިޒްރާއީލަށް ދިން ވަރުގަދަ ހަމަލާއަށް ފަހު ރަހީނުކުރި އިޒްރާއީލް މީހުންގެ ތެރެއިން އަދިވެސް 100 އަށްވުރެ ގިނަ މީހުން ޣައްޒާގެ ތެރޭގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށް ބެލެވެއެވެ. ރަހީނުން ސަލާމަތް ކުރުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އިޒްރާއީލުން މަސައްކަތް ކުރަމުން އަންނަނީ ޣައްޒާ ސުންނާފަތިކޮށްލާ ފަލަސްތީންގެ ނަސްލު ނައްތާލުމަށެވެ. އިޒްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ޣައްޒާ ރައްޔިތުންގެ އަދަދު މިހާރު ބައިލައްކަ އަށް އަރައެވެ.

މި ލިއުމާއި ގުޅޭ