Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ގެވެށި އަނިޔާ ހުއްޓުވުމަށް "ޓްރެއިނިންގ އޮފް ޓްރެއިނަރސް" ޕްރޮގްރާމަށް ފުރުޞަތު ހުޅުވާލައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި "ޓްރެއިނިންގ އޮފް ޓްރެއިނަރސް" ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ޓްރެއިނަރުން ތަމްރީނު ކުރުމަށްޓަކައި ރާވާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުންމި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
މި ލިއުމާއި ގުޅޭ