Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބައި އިލެކްޝަން

ބައި-އިލެކްޝަނުގެ ވޯޓު ފޮށި ބަހައްޓާނެ ތަންތަން އިއުލާނުކޮށްފި

އަންނަ ފެބުރުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުތައް އިލެކްޝަންސް ކޮމިޝަން (އީސީ)ން ކަނޑައަޅައިފިއެވެ.

މި އިންތިޚާބުގައި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 11 ރަށެއްގައި ބަހައްޓާ 14 ވޯޓު ފޮށްޓާއި، މާލޭގައި ބަހައްޓާ ހަތަރު ވޯޓު ފޮށްޓެވެ. މާލޭގައި ބަހައްޓާ ހަތަރު ވޯޓު ފޮށި ބަހައްޓާނީ މާފަންނު މަދަރުސާގައެވެ.

ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ނ. ލަންދޫ، ހދ. ހިރިމަރަދޫ، ނ. މިލަދޫ، އދ. ހަންޏާމީދޫ، ބ. ގޮއިދޫ، ލ. ގަން، ނ. ފޮއްދޫ، ރ. އިންނަމާދޫ، ދ. ހުޅުދެލި، ގއ. ކަނޑުހުޅުދޫ އަދި ތ. ބުރުނިއެވެ. ލ. ގަމުގައި ވަނީ ހަތަރު ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލެވޭނީ އެ ރަށްރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ތިބެ، އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މީހުންނަށް ކަމަށެވެ.

މި ބައި-އިލެކްޝަނަކީ އެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.

އީސީން މީގެކުރިން ހާމަކުރިގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް 50 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

މި ލިއުމާއި ގުޅޭ