Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ފާއިތުވެދިޔަ ދެ ދުވަސް ތެރޭ މާލޭގައި 3500 އަށްވުރެ ގިނަ ވެލިބަސްތާ ޖަހައިފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވުމާއެކު، މާލޭގައި ފެންބޮޑުވާނެކަމަށް ބެލެވޭ ގިނަ ސަރަހައްދުތަކުގައި ދެ ދުވަސް ތެރޭ 3500 އަށްވުރެ ގިނަ ވެލި ބަސްތާ ޖަހައިފިއެވެ.

މާލެ ސިޓީ ކައުންސިލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރެއިން ފެށިގެން ކުރަމުންދާކަމަށެވެ. ފާއިތުވެދިޔަ ދެ ދުވަސްތެރޭ މާލޭގެ އެކި ސަރަހައްދުތަކުގައި 3500 އަށް ވުރެ ގިނަ ވެލިބަސްތާ ޖަހާފައިވާކަމަށް އެ އިދާރާ އިން ބުނެފައިވެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހާފައިވާއިރު، ވިއްސާރަވެ ވިލިމާލޭގައި ފެންބޮޑުވެ ފެންވަނުމުގެ ފުރުސަތު އޮތް ތަންތަނުގައި ވެސް ވެލިބަސްތާޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މާލެ ސިޓީ ކައުންސިލްގެ އިތުރުން، ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓާއި، އެމްއެންޑީއެފް އަދި ފުލުހުން ވެސް މާލޭ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު މޫސުން ގޯސްވެފައިވަނީ ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑާ ގުޅުންހުރި ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް މަޑުމަޑުން މިހާރު އަރަމުންދާ ކަމަށެވެ.
މި ލިއުމާއި ގުޅޭ