މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އިން ޔެލޯ އެލާޓް ނެރެފައި ވަނީ، ރ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 11:30 އިން ފެށިގެން މެންދުރުފަހު 15:30 ގެ ނިޔަލަށެވެ. މި ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ވެސް މެޓުން ބުނެފައިވެއެވެ. އަދި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލޭގެ ވަރަށް ގިނަ ގެތަކާއި ފެން ވަންނާނެ ކަމަށް ލަފާކުރެވޭ އިމާރާތްތަކުގައި ވަނީ ވެލި ބަސްތަތާތައް ވެސް ޖަހާފައެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ވަނީ ޓާސްކްފޯހެއް ވެސް އުފައްދާފައެވެ.