Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ފޭކު ލިޔެކިޔުން ބޭނުންކޮށްގެން އެމްއެމްއޭ އިން ޑޮލަރު ހޯދި އުމްރާ ގްރޫޕެއްގެ މައްސަލަ ބަލަނީ

އުމްރާއަށް މީހުން ގެންދިޔުމުގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ލައިސެންސް ބޭނުންކޮށްގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ތައްޔާރުކޮށް މަރުކަޒީ ބޭންކުން ޑޮލަރު ހޯދި އުމްރާ ގްރޫޕެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުން އުމްރާ އަދި ހައްޖު ގްރޫޕުތަކަށް ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އެ ކުންފުނިން ޑޮލަރު ހޯދާފައިވަނީ ސައްހަނޫން ލިޔެކިޔުންތައް ހުށަހަޅައިގެން ކަމަށް ތުހުމަތު ކުރެވޭތީ އެކަން އިތުރަށް ބަލައި, މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެ ނަމަ އެ ކުންފުނި 30,000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން, އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަން ވެސް މިނިސްޓަރު ވަނީ ހާމަ ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހައި ކުންފުނިތަކަށް ފިޔަވަޅު އަޅާނެއެވެ.

އެކި އެކި އަމިއްލަ ގްރޫޕުތަކުގެ ހަވާލުގައި ހައްޖަށާއި އުމްރާއަށް މީހުން ގެންގޮސް އެ މީހުންނާ މެދު އިހުމާލުވާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެފަދަ މައްސަލައެއް މި ފަހުން ވެސް ފެންމަތިވެފައިވާއިރު, އުމްރާއަށް ދިޔަ 24 މީހަކު އެނބުރި ރާއްޖެ ނާދެވި ތާށިވެފައިވަނިކޮށް އެ މީހުން ރާއްޖެ ގެނެސްފައިވަނީ މިނިސްޓްރީގެ ހަވާލުގައެވެ.

އެ ކުންފުނި މިހާރު ވަނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މި ލިއުމާއި ގުޅޭ