މާފަންނު ކެފޭއެއްގައި އިންދާ ހަބަރު ހުސްވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ މ. މޫން ޑްރޮޕްސް, އަހުމަދު ޝަރީފް (58އ) އެވެ.
އޭނާ ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 22:30 ހާއިރު އެވެ.
ފުލުހުން އެންމެ ފުރަތަމަ މީޑިއާތަކަށް ބުނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.
އެއަށްފަހު މެންދަމު 00:12 ގައި ފޮނުވި މެސެޖުގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ނިޔާވެފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ނިޔާވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދުމާ ގުޅޭގޮތުން ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދީފައެއް ނުވެއެވެ.
މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.