Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް އެސްޓޯނިއާއަށް، ގިނަ ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމުގެ އުންމީދު ބޮޑު!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ވަޑައިގަންނަވައިފިއެވެ.

އެސްޓޯނިއާގެ ރައީސް، ޑރ. އަލާރ ކާރިސް، އެސްޓޯނިއާގެ ރައީސްގެ ދަޢުވަތަކަށް މިހާރު އެސްޓޯނިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ އެކްސެލެންސީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ވަފުދަށް މަރުޙަބާ ދެންނެވިއެވެ.

މި ރަސްމިއްޔާތު ބޭއްވީ މިއަދު މެންދުރުފަހު ކަދްރިއޯގްގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ.

މި ޙަފްލާގައި އެސްޓޯނިއާގެ ސިފައިން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އޭގެ ފަހުން، ރައީސް ޑރ. މުޢިއްޒު އަދި ރައީސް ޑރ. ކާރިސް ގާޑް އޮފް އޮނަރ ބައްލަވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޢިއްޒަށް އެސްޓޯނިއާގެ އިއްޒަތްތެރިންނާ މަރުޙަބާ ދަންނަވައި ތަޢާރަފުކުރެވުނެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ އިއްޒަތްތެރިން ރައީސް ޑރ. ކާރިސްއަށް ތަޢާރަފުކުރެވުނެވެ. ދެން ރައީސުން ހަނދާނީ ފޮޓޯއެއް ނެންގެވުމަށްފަހު ރައީސް ޑރ. މުޢިއްޒު ގަނޑުވަރުގެ ވިޒިޓަރސް ފޮތުގައި ސޮއިކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އަމާޒުކުރައްވާނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމާ ގުޅޭ މައްސަލަތައް، އަދި ތަޢުލީމީ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދުމަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ލިއުމާއި ގުޅޭ