Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ދެ ކޮމިޝަނަކަށް މެންބަރުން އައްޔަނުކުރުމަށް ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވަން ނިންމާފައިވާ ފުރަތަމަ ޖަލްސާ މި މަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ދައުރުން ބޭރުން މި ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ.

ފުރަތަމަ ކަމަކަށް ހުށަހަޅާނީ ހިއުމަން ރައިޓްސް ކޮމިޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ.

ދެވަނަ ކަމަކަށް ހުށަހަޅާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 26 ޑިސެމްބަރު 2024 ގައި ރައީސުލްޖުމޫރިއްޔާ އައްޔަނުކުރައްވާފައިވާ ހަތަރު ބޭފުޅުންގެ ނަންފުޅު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައިސުލްޖުމުހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ.

ތިން ވަނަ ކަމަކަށް ހުށަހަޅަން ނިންމާފައިވަނީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ.

އެޖެންޑާގައި ދެން އޮތީ ކޮމެޓީޓަކުން ހުށަހަޅާކަން ހުށަހެޅުމެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ހުށަހަޅަނީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން (ށ)ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދެ މެންބަރުން އައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

ދެން ހުށަހަޅަން ނިންމާފައިވަނީ އިލްކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

އެޖެންޑާގައި އެންމެ ފަހު ކަމަކަށް އޮތީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

އީސީއަށް މެންބަރުން އައްޔަނުކުރުން ހިމެނޭހެން ކަންތައްތަކެއް ކުރުމަށ ްދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ އިރު، އަންނަ ދައުރު ނުފެށެނީސް އެ މުއްދަތު ހަމަވެއެވެ.

އީސީގެ ދެ މެންބަރެއްގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވަކި ކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. ނިމުނު ރިޔާސީ އިންތިޚާބުގެ ޑޭޓާބޭސް އިން އެޕްލިކޭޝަން ހަދައިގެން ވިއްކުމާއި، ރީރެޖިސްޓްރޭޝަން އޮޅުވާލުން ފަދަ ބޮޑެތި ތުހުމަތުތަކެއް އެ ބޭފުޅުންނަށް ކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ