Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓުގެ ދަށުން ނައިފަރުގައި ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

ގައުމީ ބޭންކު (ބީއެމްއެލް) ގެ ސްޓާޓަޕް ގްރާންޓުގެ ދަށުން ނައިފަރުގައި ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މިކަމާއި ގުޅިގެން ބޭންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބޭންކުގެ ސްޓާޓަޕް ގްރާންޓްގެ އެހީގައި ނަޒާ ހެލްތު ރިހިބިލިޓޭޝަން ސެންޓަރު ހުޅުވާފައިވާ ކަމަށާއި އެ ތަނަކީ 2023 ވަނަ އަހަރު ބީއެމްއެމްއެލް ސްޓާޓަޕް ފަންޑު ހޯދި ސަންފާ ނަޒާހަތް އަހުމަދު އެ ރަށުގައި ހުޅުވި ރިހެބިލިޓޭޝަން ސެންޓަރެކެވެ.

އެ ރިހެބިލިޓޭޝަން ސެންޓަރުން ޖިސްމާނީ ނުކުޅެދުންތެރިން ހުންނަ މީހުންނަށާއި އެކިކަހަލަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންނަށާއި ސްޕޯޓްސް ރިހެބިލިޓޭޝަނާއި ނިއުރޮލޮޖިކަލް ރިހެބިލިޓޭޝަން އަދި އަންހެނުންނަށް ހާއްސަ ފިޒިކަލް ރިހެބިލިޓޭޝަން ފަދަ އެކި ހިދުމަތްތައް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ.

މި ގްރާންޓްގެ ދަށުން އުފެދެމުން އަންނަ ވިޔަފާރިތަކަށް ވިޔަފާރި ފަށައި ކުރިއެރުވުމަށް 500،000 ރުފިޔާގެ ހިލޭ އެހީ ދެ އެވެ.

މި ލިއުމާއި ގުޅޭ