Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ނައިބު ރައީސް ޖިހާދު

ޖިހާދުގެ މައްސަލައިގައި ހުކުމް ކުރުން މިއަދު މެންދުރުފަހަށް ތާވަލްކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގައި މިއަދު މެންދުރުފަހު ހައިކޯޓުގައި ހުކުމްކުރުމަށް ތާވަލުކޮށްފި އެވެ.

ޖިހާދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިދިޔަ ހަފްތާގައި ވަނީ ނިންމާލާފައެވެ. ޖިހާދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސަރުކާރުގެ ނިންމުމާ ޚިލާފަށް އެއްބަސްވުމެއް އެކުލަވައިލި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެމައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިއުމަށް އެދި ދައުލަތުންދައުވާ ކުރާ މައްސަލައެކެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާއެވެ.

ފުރަތަމަ ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާއަށް ޗިޓު ރައްދު ނުކޮށްދެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު މައްސަލަ ފޮނުވާލީއެވެ.

ދެ ފަހަރެއްގެ މަތިން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމަށްފަހު، ފަހުން ވަނީ އަލުން މައްސަލަ ބަލައިގަނެފަ އެވެ.

ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށެވެ.

މި ލިއުމާއި ގުޅޭ