Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް

މިއަހަރުގެ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އައްޑޫގައި ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2025، ވިމެންސް އެޑިޝަން އައްޑޫސިޓީގައި، ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު، އިކުއޭޓަރ ވިލެޖްގައެވެ.

ކޮންފަރެންސްގައި ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްދާއިރު މި ޕެނަލްގައި މައިގަނޑު ދެ މައުޟޫއަކަށް އަލިއަޅުވާލެވޭނެއެވެ. އޭގެތެރޭގައި އައްޑޫގައި އަންހެނުންނަށް ހުރި ފުރުޞަތުތައް، ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ހަމައެކަނި ރިސޯޓުތަކަށް ހަނިވެފައި ނުވުން، އަދި މަސައްކަތްކުރާ އަންހެނުންނާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ނަޒަރު ބަދަލުކުރުން، ހިމެނެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފުރަތަމަ ފަހަރަށް ބާއްވާ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް" ވިމެންސް އެޑިޝަން ބޭއްވި މިދިޔަ އަހަރުގައެވެ.

މި ލިއުމާއި ގުޅޭ