ދަ ޑިމޮކްރެޓްސްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ދެ ނައިބު ރައީސުންނާއި ހަވާލުކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ދެ ނައިބު ރައީސުންނާއި ހަވާލުކޮށްފިއެވެ. ޑިމޮކްރެޓްސްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އިތުރުން ނައިބް ރައީސް އާޝިޔަތު އަލައިކާ އަދުނާންއާއެވެ.
ދަ ޑިމޮކްރެޓްސްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ދެ ނައިބު ރައީސުންނާއި ހަވާލުކޮށްފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރު ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. އޭނާ ރޭގެ ވަގުތެއްގައި އިއްތިއުފާ ދެއްވި ކަމަށް ވިދާޅުވެ, ސިޓީގައި އިއްޔެގެ ތާރީޚު ލިޔެފައި ވީނަމަވެސް, ގައުމީ މަޖިލީހުގެ ގްރޫޕަށް ސިޓީ ފޮނުއްވީ މިއަދު މެންދުރު ފަހު 13:45 ހާއިރު ކަމަށް އެނގިފައިވެއެވެ. ބެލެވޭ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމަށް މަސައްކަތް ފަށައި ޕްރެޝަރު ބޮޑުވުމުންނެވެ.
ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް އާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުްތަކަކަށް ފަހު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ އުފެއްދެވި ޕާޓީއެވެ. ނަމަވެސް ޑިމޮކްރެޓްސްއާ ގުޅުނު ބައެއް މެންބަރުން އެނބުރި އެމްޑީޕީއާ މިފަހުން ގުޅިފައިވާއިރު, އޭގެތެރޭގައި ޝިފާޒު, އަމްރު އަދި އަލީ އާޒިމް ހިމެނެއެވެ.