Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

ރޯދަމަހު ކޮންމެ ގެއަކަށް 48 ދަޅުގެ މަސްކޭހެއް ދޭން ނިންމައިފި

ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ މި މަސް ދަޅު ކޭސްތައް މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށެވެ.

މިފްކޯ އިން ބުނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ ތެޔޮ މަސް ކޭހެއް ދޭން ނިންމާފައިވާއިރު ކޮންމެ ރަމަޟާން މަހަކަށް ގާތްގަނޑަކަށް ލައްކައަކާ ކައިރިކުރާ އަދަދެއްގެ މަސްދަޅު މިފްކޯ އިން އުފައްދާ ކަމަށެވެ.

ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދޭން ނިންމުމާއި ގުޅިގެން ލޯކަލް ބާޒާރަށް އިތުރަށް މަސްދަޅު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.
މި ލިއުމާއި ގުޅޭ