Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަ ޑިމޮކްރެޓްސް

އެމްޑީޕީއާ ގުޅުމަށް ހަސަން ލަތީފް ޑިމޮކްރެޓްސްގެ ރައީސް ކަމުން އިސްތިއުފާ ދީފި

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފު މަގާމުން އިސްތިއުފާ ދީފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދިޔަރެސް" އަށް މައުލޫމާތު ދެމުން ބުނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން, އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އެ ޕާޓީން ވަކިވަން ގަސްތު ކުރައްވާ ކަމަށް ތަކުރާރުކޮށް ޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ކައިރި ވިދާޅުވެފައިވާ ކަމަށެވެ.

ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ މަގާމުން ދުރު ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. އޭނާ ރޭގެ ވަގުތެއްގައި އިއްތިއުފާ ދެއްވި ކަމަށް ވިދާޅުވެ, ސިޓީގައި އިއްޔެގެ ތާރީޚު ލިޔެފައި ވީނަމަވެސް, ގައުމީ މަޖިލީހުގެ ގްރޫޕަށް ސިޓީ ފޮނުއްވީ މިއަދު މެންދުރު ފަހު 13:45 ހާއިރު ކަމަށް އެނގިފައިވެއެވެ. ބެލެވޭ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމަށް މަސައްކަތް ފަށައި ޕްރެޝަރު ބޮޑުވުމުންނެވެ.

"މި ޕާޓީގެ ނައިބު ރައީސުންނާ ނެޝެނަލް އެސެމްބްލީ ބޭފުޅުން ކައިރި ޕާޓީން ވަކިވާނަމޭ ވިދާޅުވާތާ ދުވަސްތަކެއް ވެއްޖެ. އެހެން ވިދާޅުވެފައިވެސް ރައީސްކަމުގައި ހުންނަވަނީ އެމްޑީޕީއާ ގުޅޭ ނަމޭ ތަކުރާރުކޮށް ވިދާޅުވާއިރު ކީއްވެތޯ އެ މަގާމުގައި ހުންނަވަންވީ. އިސްތިއުފާ ދިން ކަމަށް ހިތުގައި އަޅައިގެން އޮތަސް ނޭނގޭނެ އިސްތިއުފާ ދިންކަމެއް. އިއްޔެގެ ތާރީޚު ޖަހާފައި އިންނަމަވެސް މިއަދު އެ ގަރާރު ހުށަހެޅީމައި އެ އިސްތިއުފާ ދެއްވީ", އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް އާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުްތަކަކަށް ފަހު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ އުފެއްދެވި ޕާޓީއެވެ. ނަމަވެސް ޑިމޮކްރެޓްސްއާ ގުޅުނު ބައެއް މެންބަރުން އެނބުރި އެމްޑީޕީއާ މިފަހުން ގުޅިފައިވާއިރު, އޭގެތެރޭގައި ޝިފާޒު, އަމްރު އަދި އަލީ އާޒިމް ހިމެނެއެވެ.

މި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިފައި މިވަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހުއެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދު ކޮށްފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ