ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި އިނާމުތަކާއި ހަރަކާތްތަކަކާއެކު ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ފެށީ އިއްޔެއެވެ. ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ރާވާފައިވާ މި ސޭލް ކުރިއަށްދާނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ.
އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން %50 އާހަމައަށް ހޯމް އެޕްލަޔަންސް ނުވަތަ ގޭތެރޭގައި ގެންގުޅޭ ސާމާނުތަކުން ޑިސްކައުންޓް ލިބިގެންދާނެވެ. އަދި 500 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާއިރު, ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގެ އެންމެ ޙާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ. މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިން-ސްޓޯ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ ރަމަޟާން ބަޒާރަކީ ދިވެހިންގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ.