މި އަހަރަު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ކްރޫޒް ލައިނާއިން ރާއްޖެ އައި 600 އަށް ވުރެ ގިނަ މީހުންނަށް އިމިގްރޭޝަނުން ކްލްރިއަރެންސް ދީފިއެވެ.
މި އަހަރު ރާއްޖެ އައި ފުރަތަމަ ކްރޫޒްއަކީ ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ "ކްރިސްޓަލް ސިންފަނީ"އެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ ސީޝެލްސްއިން ފުރައިގެންނެވެ. މާލެ ބޭރުގައި މަޑު ކުރުމަށް ފަހު އެ ބޯޓު މިހާރު ވަނީ ރާއްޖެއިް ފުރައިގެން ސްރީލަންކާއަށް ދަތުރު ފަށާފައެެވެ.
އިމިގްރޭޝަނުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެ ބޯޓުން ރާއްޖެ އައި 216 ފަސިންޖަރުންނާއި 416 ކްރޫއިންނަށް ސީޕޯޓް ޑިވިޝަނުން ކްލިއަރެންސް ދީފައިވާ ކަމަށެވެ.
އާ އަހަރާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ ކްރޫޒް ލައިނާ ރާއްޖެ އައިސްފައިވެއެވެ. އެގޮތުން, މާޝަލް އައިލެންޑްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވެއެރާ" އާއި ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ "ނޯވިއަން ސްކައި" އިން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
އެ ބޯޓުތަކުން ރާއްޖެ އައި 4،658 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފައިވެއެވެ.