Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

މުސްލިމް ވޯލްޑް ލީގުގެ ކޮންގްރެންސްގައި މިނިސްޓަރު ޝަހީމް ތަގުރީރު ކުރައްވައިފި

މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ)ގެ ދައުވަތަކަށް، އިސްލާމީ މުޖުތަމައުތަކުގައި އަންހެން ދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ތަގުރީރު ކުރައްވައިފިއެވެ.

ޕާކިސްތާނުގައި އޮތް މި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ޑރ. ޝަހީމް ވަނީ ތަގުރީރު ކުރައްވާފައެވެ.

މި ސެޝަންގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިސްލާންދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމުގައެވެ.

އެގޮތުން, އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމަށާއި, އިސްލާމްދީން އިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެެރި ނަމޫނާއެއް ކަމަށާއި އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީއަރަބިއްޔާގެ ސަރުކާރުން ކުރައްވާ އިލްމުފެތުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްވެސް ފާހަގަކުރެެއްވިއެވެ.

ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

މި ލިއުމާއި ގުޅޭ