Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާ ގައި ބަނޑުހައިހޫނުކަމުގެ ހާލަތު ދަނީ އިންތިޚާއަށް ގޯސްވަމުން: އދ

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު ދަނީ އިންތިހާއަށް ގޯސްވަމުން ކަމަށް ބުނެ އދ. ގެ އިންސާނީ އެހީތެރިކަމާ ބެހޭ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއް ގައި އިންޒާރު ދީފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސަރަހައްދަށް ބޭނުންވާ ތަކެތީގެ މަދުކަމާއި، އިޒްރާއީލުން އަޅާފައިވާ ހަރުކަށި ހުރަސްތަކާއި، ހަތިޔާރުއެޅި ގްރޫޕްތަކުން އެހީގެ ތަކެތި ވަގަށް ނެގުން އިތުރުވެފައިވުމުގެ ސަބަބުން، ޣައްޒާގެ މެދު ސަރަހައްދުގެ ކާބޯތަކެތީގެ ސްޓޮކް އާދީއްތަ ދުވަހު ވަނީ މުޅިން ހުސްވެފައެވެ.

އިޒްރާއީލު ސަރުކާރުން އެރެޒް ޗެކްޕޮއިންޓް މެދުވެރިކޮށް ޣައްޒާ ވާދީގެ ދެކުނަށް ކާނާގެ އެހީ ފޯރުކޮށްދިނުން ހުއްޓާލުމާއެކު، މިހާރު ސަރަހައްދުން ބޭރުގައި 120،000 މެޓްރިކް ޓަނުގެ ކާނާގެ އެހީ ހިފެހެއްޓިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ޣައްޒާގެ އާބާދީއަށް ތިން މަސް ދުވަހަށް ބޭނުންވާ މިންވަރުގެ ކާބޯތަކެތި ކަމަށް އދ. އިން ބުނެއެވެ.

އިތުރު ސަޕްލައި ލިބެން ނެތުމުގެ ސަބަބުން، މެދު އަދި ދެކުނު ޣައްޒާގައި ދުވާލަކު 200،000 އަށްވުރެ ގިނަ ކާނާގެ ޕާރުސަލް ފޯރުކޮށްދެމުންދާ 50 އަށްވުރެ ގިނަ ކޮމިއުނިޓީ ބަދިގެ ބަންދުވުމުގެ ބިރު އޮތް ކަމަށް އިންސާނީ އެހީތެރިކަމުގެ ބައިވެރިން ވަނީ އިންޒާރު ދީފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެ ޕްރޮގްރާމުން ހިންގާ 20 ބޭކަރީގެ ތެރެއިން ހޯމަ ދުވަހާ ހަމައަށް މަސައްކަތް ކުރަނީ އެންމެ ފަސް ބޭކަރީއެވެ. އެތަންތަން މަސައްކަތް ކުރުން ބިނާވެފައިވަނީ ދެކުނު ޣައްޒާއިން ފޯރުކޮށްދޭ ތެލުގެ އެހީގެ މައްޗަށް ކަމަށް އެފަރާތުން ބުނެއެވެ.

ހަމައެހެންމެ، ތެލުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމަށް އިތުރު ގެއްލުން ލިބެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އޯޗާއިން ވަނީ އިންޒާރު ދީފައެވެ. އުތުރު ޣައްޒާއަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެސަރަހައްދުގެ ސިއްހީ ޚިދުމަތްތައް ވަނީ ބޮޑުތަނުން ހީނަރުވެފައެވެ.

އުތުރު ޣައްޒާގައި މިހާރު މަސައްކަތްކުރާ ހަމައެކަނި ހޮސްޕިޓަލްކަމުގައިވާ ޖަބާލިޔާގެ އަލް-އަވްދާ ހޮސްޕިޓަލަށް ވަދެ ނިކުމެ ހެދުމަށް އިޒްރާއީލުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ. މީގެ އިތުރުން، އދ. އިން އުތުރު ޣައްޒާއަށް ޒިޔާރަތް ކުރުމަށް ބޭނުންވާ ހުއްދަ ދިނުމަށްވެސް އިޒްރާއީލުން ވަނީ އިންކާރު ކޮށްފައެވެ.

އިންސާނީ އެހީގެ މަސައްކަތްތަކަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންނަށް އެންމެ އަސާސީ ފެންވަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިއުމާއި ގުޅޭ