ހާލުގައި ޖެހުނު ހާލުގައި ޖެހުނު އުމްރާވެރިން ހޮނިހިރު ދުވަހު މާލެ ގެނެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ ނާދެވި ސަޢޫދީގައި ތާށިވެ، ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ.
ރާއްޖެއިން ޢުމްރާއަށް ދިޔަ ޢުމްރާވެރިންނާމެދު އިހުމާލުވެ، ހާލުގައި ޖެއްސީ "އަލް ހިޖްރަ" (އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް) އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑަށް ޢުމްރާވެރިން ދެއްކި ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން އިއުތިރާފުވިއެވެ.
އުމްރާވެރިންގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ހިޖުރަ ކުންފުނީގެ ޙަވާލުގައި ދިޔަ އުމްރާވެރިން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި 11 ޖެނުއަރީގެ ހެނދުނު 8.10 ގައި ޤަތަރު އެއަރވޭސް އިން އެމީހުން މާލެ ގެނެވޭނެ ކަމަށެވެ.