Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 6 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރޫީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއްވާ ގޮތުގައި ޖަލްސާ އޮންނާނީ ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ދެވަނަ ދައުރު ފެށޭނީ އަންނަ ފެބްރުއަރީ މަހު 1 ގައެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ކުރިން ދައުރުން ބޭރުން މަޖިލީހުގެ 2 ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބުނެފައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު "ދިޔަރެސް" އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ދައުރުން ބޭރު ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ އިތުރުން 20 ވަނަ ދުވަހުއެވެ.

ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި ދައުރުން ބޭރުން ޖަލްސާ ބާއްވަނީ އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށާއި، "އިތުރު ބައެއް އެހެނިހެން މަސައްކަތްތައް" ކުރުމަށެވެ.

މި ލިއުމާއި ގުޅޭ