މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ބުނީ މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ހެނދުނުގެ 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ މާލެ އަދި ހުޅުމާލެއިން އެ ވަގުތުތަކުގެ ތެރެއިން އެއް ގަޑި އިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރާތީ ކަމަށެވެ.