Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލަށް އިސްލާހު ގެންނަނީ

އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލަށް އިސްލާހު ގެނައުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން "ދިޔަރެސް" އަށް މައުލޫމާތު ދެމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށާއި މިގޮތައް ނިންމާފައިވަނީ ވަގު ފޯމު ހުށަހެޅުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

މިހާރު ޕާޓީ ތަކަށް މީހުން ވައްދަނީ ފިޒިކަލް ފޯމު ހުށަހަޅައިގެން ކަމަށާއި ފޯމުތަކަށް އެތައް ފީޗާއެއް އިތުރުކުރި ނަމަވެސް ވަގު ފޯމް ހުށަހެޅުން ނުހުއްޓޭ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.

މިހާރު އޮންލައިންކޮށް ބަޔޯމެޓްރިކޮށް ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު މިކުރަނީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އީފާސް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކުރަން.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ

ޕާޓީތައް އުފެދުނީއްސުރެ ވަގު ފޯމު ހުށަހަޅާ މައްސަލަ ޖެހޭ ކަން ފާހަގަ ކުރައްވައި ޒަކަރިއްޔާ ވިދާޅުވީ ވަގު ފޯމް ހުށަހަޅައިގެން 300އެއްހާ ޝަކުވާ މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ޒަކަރިއްޔާ ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ދެ މަސް ތެރޭ އުސޫލަށް ބަދަލުގެނެސް އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް ބަދަލު ގެނައުމަށް ކަމަށެވެ.

މި ލިއުމާއި ގުޅޭ