Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

ޕާކިސްތާނުގައި ދެ ދަރިން ބައްޕައަކަށް ރޭޕްގެ ތުހުމަތުކޮށް އަލިފާން ޖަހައި އަންދާލައިފި

ޕާކިސްތާނުގެ ޕަންޖާބު ޞޫބާގައި 12 އަހަރާއި 15 އަހަރުގެ ދެ އަންހެން ކުދިން، އެކުދިންނަށް ޖިންސީ ގޯނާ ކުރަމުން ދިޔަކަމަށް ބުނެ އެކުދިންގެ ބައްޕަގެ ގައިގަ އަލިފާން ރޯކޮށް އަނދާލައިފިއެވެ. އެކުދިންގެ ބައްޕަ އަކީ ތިން އަންހެނުންނާ އިނދެގެން އުޅުނު 10 ކުދިންގެ ބައްޕައެކެވެ.

ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މިހާދިސާ ހިނގާފައިވަނީ ލާހޯރުން 80 ކިލޯމީޓަރު ދުރުގައި އޮންނަ މުޤާލް ޗައުކްގައެވެ. ހޯމަ ދުވަހުގެ ރޭ އެކުދިންގެ ބައްޕަ ނިދާފައި އޮއްވައި ޕެޓްރޯލް އަޅައި އަލިފާން ރޯކޮށްލުމުން، އޭނާ ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ.

މިހާދިސާގައި ހައްޔަރުކުރެވުނު އެދެ އަންހެން ކުދިންނާއި ސުވާލުކުރުމުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެކުދިންނަށް އެކުދިންގެ ބައްޕަ ޖިންސީ ގޯނާ ކުރަމުން ދިއުމާއި ގުޅިގެން ބައްޕަ މަރާލަން ރާވާފައިވަނީ އެދެ ކުދިން ގުޅިގެންނެވެ. އެކުދިން ބުނެފައިވަނީ އެކުދިންގެ ބައްޕަގެ ސައިކަލުން ޕެޓްރޯލް ނަގައި، އޭނާ މަރާލުމަށް އެދެކުދިން ރާވައިގެން ތިބެ އަލިފާން ރޯކުރިކަމަށެވެ.

މަރުވި މީހާގެ ފުރަތަމަ އަނބިމީހާ މީގެ ކުރިން މަރުވެފައިވާއިރު، އޭނާގެ ދެން ތިބި ދެ އަނބިންނާއި 10 ދަރިން ދިރިއުޅެމުން އައީ ކުއްޔަށް ހިފާފައިވާ ގެއެއްގައެވެ. ފުލުހުން ބުނާގޮތުގައި މިހާރުވެސް މިމައްސަލަ ތަހުޤީޤު ކުރަމުންދާ އިރު، އެދެ އަންހެނުންގެ ބަޔާން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިމައްސަލައިގައި މަރުގެ ދައުވާ އުފުލުމަށް ތައްޔާރުވަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެކި އެކި ގައުމުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، ޕާކިސްތާނުގެ ގިނަ އަދަދެއްގެ ކުޑަކުދިން އެފަދަ ގޯނާތަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ގިނަ ފަހަރަށް އެފަދަ ގޯނާތައް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅެމުން ނުދާކަން ފާހަގަކުރެވެއެވެ.

ޕާކިސްތާނުގައި ފާއިތުވި އަހަރުތަކުގައި އާއިލާގެ ތެރޭގައި ހިނގާ މިފަދަ ހާދިސާތައް އިތުރުވެފައިވާކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އާއިލާގެ މެންބަރުންގެ ފަރާތުން ކުރިމަތިވާ މިފަދަ އަނިޔާވެރި ހާދިސާތައް މަދުކުރުމަށް ގާނޫނީ އޮނިގަނޑުތައް ހަރުދަނާކުރުމަށް އެގައުމުގެ އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ޕާކިސްތާނުގެ އިންސާނީ ހައްގުތަކާ ގުޅޭ މިނިވަން ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އެކަނި އެގައުމުގައި 20،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް އެކި ގޮތްގޮތުން އާއިލާގެ މެންބަރުންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ