Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކަސްޓަމްސް

ޚިޔާނަތުގެ މައްސަލައިގައި ކަސްޓަމްސް 241 ކޮމިޓީއަށް ހާޒިރު ކުރަނީ

ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާގެ ފައިސާ ދައުރު ކުރި މައްސަލައިގައި ކަމާ ބެހޭ މުއައްސަސާ ތަކުގެ އިސްވެރިން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ގާތްގަނޑަކަށް 20 އޮފިސަރެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ އޮޅުވާލައިގެންނާއި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

މިކަމާ ގުޅިގެން 241 ކޮމިޓީގެ މެންބަރަކު "ދިޔަރެސް" އަށް ވިދާޅުވީ ކަސްޓަމްސްގެ އިތުުރުން ފުލުހުންނާއި ހޯމް މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ކަސްޓަމްސްގެ ޚިޔާނާތުގެ މައްސަލައިގެ އިތުރުން ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްއިން ސިނގިރޭޓްތަކެއް ގެއްލުނު މައްސަލައާ ގުޅޭ ގޮތުން މުއައްސަސާ ތަކާ ސުވާލު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކަސްޓަމްސްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް މި މައްސަލައާ ގުޅިގެން ބައެއް އޮފިސަރުންގެ ފޯނާއި ބައެއް ސާމާނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.

ގާތްގަނޑަކަށް 20 އޮފިސަރެއްގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް މި ވަގުތު ތަހުގީގު ކުރަމުން ދަނީ ތިން އޮފިސަރެއްގެ މައްސަލަ ކަމަށް އެނގިފައިވެއެވެ. މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ކަމަށް ތުހުމަތު ކުރެވެއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް އޮފިސަރެއްގެ ރިޓަޔަމަންޓްވެސް ވަނީ މަޑު ޖައްސާލައިފައެވެ.

މި ލިއުމާއި ގުޅޭ