Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޤައުމުގެ ހަމަޖެހުން ނަގާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަން: ރައީސް

ސިޔާސީ ފަރާތްތަކަށް އެހެން ބަޔަކަށްވެސް ދިވެހިރާއްޖޭގައި އޮތް ހަމަޖެހުން ނަގާލުމަށް ފުރުސަތު ނުދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގއ. މާމެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ތަރައްޤީގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނީ ޤައުމުގައި ހަމަޖެހުން އޮވެގެން ކަމަށާއި ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކު މަސައްކަތް ކޮށްފިނަމަ އެކަން ހުއްޓުވާނެ ކަމަށެވެ.

ސިޔާސީ ފަރާތްތަކުން އަދި އެހެންނޫން ވެސް ބަޔަކަށް މި ހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުޞަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފި ނަމަ، އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވައި، ޤައުމުގެ ހަމަޖެހުން ޔަޤީންކުރާނަން.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ މި ވޭތުވެދިޔަ 14 ވަރަކަށް މަސްދުވަހުގެ ތެރޭގައި މި ޤައުމުގައި ހަމަޖެހުން ޤާއިމުކޮށްފައިވާކަމަށެވެ. އަދި އެމަނިކުފާނު ވެލެއްވި ވަޢުދުފުޅާއި އެއްގޮތަށް ބަދަލުހިފުމުގެ ރޫހުގައި ކަންކަން ކުރުން ހުއްޓުވުމަކަށް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ސިޔާސަތެއް ނޫންކަމުގައި ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެއްބަޔަކަށް އަނިޔާކޮށް، ސިޔާސީ ވިސްނުމުގެ ތެރެއިން ގެންގޮސް ހައްޔަރުކޮށް، ޖަލަށްލައި، އުނދަގޫކޮށް، ހެދުމަކީ . އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން . އަޅުގަނޑު އެކަމަށް ވަޢުދުވިން، އެކަން އެގޮތަށް ނުހިންގާނެ ކަމަށް . މި ޤައުމުގައި އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާނުކުރާނެ. ބަދަލުހިފުމެއް ނޯންނާނެ. ހަމަޖެހުން ޙަޤީޤީ މާނައިގައި މި ޤައުމުގައި އޮންނަން އަޅުގަނޑު ބޭނުންވާތީ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން އެމަނިކުފާނު ބޭނުންފުޅުވަނީ ޙަޤީޤީ މާނާގައި ރާއްޖެއަށް ކުރިއެރުން ލިބުމަށް ކަމަށާއި ޤައުމުގައި މިހާރުވެސް އޮތް ހަމަޖެހުމުގައި ކުރިއަށް ގެންދިއުމުގައި ފުރިހަމައަށް އެއްބާލުންދެއްވުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

މި ލިއުމާއި ގުޅޭ