މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން މިސްކިތް ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކުރާނެއެވެ.
ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް-ހަމާދީއެވެ. ގަތަރު ޗެރިޓީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަޚްރޫއެވެ.
އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ މިސްކިތުގެ މަރާމާތުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، ރަމަޟާން މަސް ފެށުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވީ ރަމަޟާން މަސް ފަދަ މާތް މަހެއްގައި އެ މިސްކިތުގެ މަސައްކަތް ކުރަން އުރީދޫއަށް ފުރުސަތު ލިބުނުކަމަށްޓަކައި އުފާކުރައްވާކަމަށެވެ.
"ރަމަޟާން މަހަކީ ގިނަބަޔަކު އަޅުކަންކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް. މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ޝަރަފެއް," ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.