މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އޭނާ ފެނިފައިވަނީ ކާނޭޝަން މަގުގައި ހުންނަ މ. ތަރިވިލާގޭ ތެރެއިންނެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މީހަކު ނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:53 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނިޔާވެފައިވަނީ މާލެ, މ. ތަރިވިލާގޭ ހުސައިން އަހުމަދު (41އ) އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ހަށިގަނޑުން އެއްވެސް ޒަޚަމެއް ނުވަތަ އަނިޔާގެ ނިޝާނެއް ފެންނަން ހުރިކަން ނުވަތަ ނޫންކަން ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.