Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްސަލަ ހައި ކޯޓަށް!

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ދައުލަތުން ޝިޔާމްގެ މައްޗަށް ދައުވާކުރީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްޕަ ބެހެއްޓި މައްސަލާގައެވެ. ކްރިމިނަލް ކޯޓުން މި މައްސަލައިގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެކެއްގައި ކުރި ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާ ސާބިތު ނުވާ ކަމަށް ބުނެފައެވެ. ގެސްޓު ހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ކުރެވިފައި ނުވާ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އެގޮތަށް ހުކުމް ކުރެއްވީ، އެކަމުގައި އަމަލުކުރަމުން ދިޔަ އުސޫލުން ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް އެތަނުގައި ބެހެއްޓޭކަމާއި ސިފައިންގެ އާއިލާގެ މީހުންނާއި ސިފައިންގެ ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް އެތަނުގައި ބައިތިއްބައި ހިދުމަތް ދިނުމާއި އާންމުކޮށް މީހަކު ބަހައްޓާ މުއްދަތަށްވުރެ ދިގު މުއްދަތަށް އެތަނުގައި ޝިޔާމްގެ ބައްޕަ ބެހެއްޓިކަން ކަނޑައެޅޭނެ ގޮތެއް ނެތުމުންނެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް ދައުލަތުން މި މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ 29 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ މައްސަލަ އަދި ކޯޓަށް ބަލައިގަނެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ