ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 9:40 ހާއިރު، ރެހެނދި ފްލެޓް ކައިރިން ކާރެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައިކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވިނަމަވެސް، ދެ އުޅަނދަށް ވެސް އެކި މިންވަރަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. އެކްސިޑެންޓް ތަހުގީގު ފުލުހުން މިހާރު އަންނަނީ ކުރިޔަށް ގެންދަމުންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އަމީނީ މަގުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިއަދު ހެނދުނު ވެލާނާ އިންޓަނަޝޭނަލް އެއާޕޯޓުގައި ވެސް ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެެވެ. މި އެކްސިޑެންޓްގައި ޓެކްސީ ދުއްވަން އިން މީހާއަށް އަނިޔާވެފައިވާކަމަށާއި މިވަގުތު އަންނަނީ އޭނާއަށް ފަރުވާ ދެމުންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.