މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީ، ކުރިކީލަ މަގު، ދިލްބަހާރު މަގު އަދި ދެވިނަ މަގު ހިމެނޭ ސަރަޙައްދުން މާދަމާ ކަރަންޓުކެނޑުން އެކަށީގެންވާކަމަށެވެ.
އެ ކުންފުނިން ލަފާކުރިގޮތުގައި މި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވަނީ މާދަމާ ހެނދުނު 09:30 އާއި 10:00 އާ ދެމެދުއެވެ.
ދެން ކަރަންޓު ކެނޑޭނެކަމަށް ލަފާލުރަނީ މާލެ ސިޓީ، ޖޯޝީ ހިނގުން، ޗާންދަނީ މަގު އަދި ޗާންދަނީ މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދުންނެވެ. މި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވަނީ މާދަމާ ހެނދުނު މެންދުރު ފަހު 2:00 އިން ފެށިގެން 3:00 އާ ދެމެދުގެ ވަގުތެއްގައެވެ.
އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.