Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅުދުއްފުށި ސިޓީ ކައުންސިލް

ގުޑުގުޑާ ދޫނިތަކަށް ގޯނާވާތީވެ ކުޅުދުއްފުށި ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި

ގުޑުގުޑާ ދޫނިތަކަށް ގޯނާވާތީވެ ކުޅުދުއްފުށި ކުޅީގައި ކެނޯ ދުއްވުން އެ ސިޓީގެ ކައުންސިލުން މަނާކޮށްފިއެވެ.

މިކަން މަނާކޮށް އެ ކައުންސިލުން ބުނީ 2021 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައިވެސް ކުޅުދުއްފުށި ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދެމުން ކަމަށާއި މި ފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް އެސޮރުމެންނަށް އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ބައެއް ފަރާތްތަކުން ދޫނިތަކާއި މާކައިރިއަށް ދިއުމުގެ އިތުރުން ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށާއި ވުމާއެކު ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ،

ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރަން.
ކުޅުދުއްފުށި ސިޓީ ކައުންސިލް

މީގެ އިތުރުން އެ ކައުންސިލުން ބުނީ ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ ދޫނިތަކަށް އުނދަގޫވާ ފަދަ އަމަލުތައް ރިޕޯޓް ކުރުމަށް 7328831 ގުޅުމަށެވެ.

2021 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައިވެސް ކުޅުދުއްފުށި ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކަކީ ރާއްޖޭގައި އުޅޭ ބާވަތުގެ ދޫންޏެއް ނޫނެވެ.

ގުޑުގުޑާ ދޫންޏަކީ މާކަނާގެ އާއިލާގައި ހިމެނޭ ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ